ޙައްޤުތައް ފުރިހަމަވާނީ ސުވާލުކުރާ ރައްޔިތެއް އުފެދިގެން ކަމަށާއި އަދި ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުވެސް ލިބިގެން ކަމަށް އިންފޮިމޭޝަން ކޮމިޝަނަރ ޙުސައިން ފިޔާޟް މޫސާ ވިދާޅުވެއްޖެއެވެ. ފިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހާއި އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ހާމަކުރެއވި ކުރު ވީޑިއޯއެއްގައެވެ.
ފިޔާޟް ވަނީ ޤާނޫނު އަސާސީން ލިބިދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މަސްވެރިންގެ ދުވަހާއި އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން. ޙައްޤުތައް ފުރިހަމަވާނީ ސުވާލުކުރާ ރައްޔިތެއް އުފެދިގެން. pic.twitter.com/IJvcyooFRS
— Hussain Fiyaz Moosa (@hussainfiyaz) December 10, 2019