ހާއްސަ އެހީއަށް ބޭނުންވާ މަރިޔަމް މާހް ކީރިތި ގުރުއާން ހިތުދަސް ކޮށްފިއެވެ.
މަރިޔަމް މާހް އަކީ މޯލްޑިވިއަންގެ އިދާރީ ބައިގައި މަސައްކަތް ކުރަމުން އަންނަ އެކުންފުނީގެ މުވައްޒަފެވެ.
މިކަމާގުޅިގެން މޯލްޑިވިއަން އިން ވަނީ މަރިޔަމް މާހް ގެ މިކާމިޔާބީ ފާހަގަކޮށް ހަފލާއެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީއާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނީފާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ "އުފާވެރި ދުވަހެއް.! އަޅުގަނޑުމެންގެ މުވައްޒަފު މަރިޔަމް މާހް ޤުރުއާން ހިތުދަސްކުރުމާ ގުޅިގެން މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަން" ކަމަށެވެ.
އުފާވެރި ދުވަހެއް.! އަޅުގަނޑުމެންގެ މުވައްޒަފު މަރިޔަމް މާހް ޤުރުއާން ހިތުދަސްކުރުމާ ގުޅިގެން މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަން.
— Maldivian (@MaldivianAero) December 10, 2019
Congratulations to our very own Maahu on memorizing the holy Quran #AlhaafizaMaahu
We are proud of your achievement pic.twitter.com/i7TxM7eUf2