މާފުށިން ގެއްލުނު ސާދަ އަހަރުގެ އަންހެން ކުއްޖާ ގުދަނެއްގެ ތެރޭގަ ހޭނެތިފަ އޮއްވާ ފެނިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
މާފުށިން ގެއްލުނު ސާދަ އަހަރުގެ އަންހެން ކުއްޖާ ގުދަނެއްގެ ތެރޭގަ ހޭނެތިފަ އޮއްވާ ފެނިއްޖެ

ކ. މާފުށިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ކުރިން ގުދަނަކަށް ބޭނުންކުރި ތަނެއްގައި ހޭނެތިފައި އޮއްވާ ފެނިގެން މިހާރު ވަނީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެފިއެވެ.

އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ހަވީރު ގެއިން ނުކުމެގެން ދިއަ ފަހުން ކުއްޖާގެ ޚަބަރެއް ނުވާތީ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން އައީ ކުރަމުން  ކަމަށެވެ. އަދި އޭނާ ގެއްލުނުކަން ރިޕޯޓްކޮށްފައިވަނީ 5.43 ހައިއިރު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން އެ ކުއްޖަކީ އެރަށު ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވާ ފާޠިމަތު ޝިފްރާ މުޙައްމަދު އެވެ.

މިއަދު އޮންލައިން