4 އަހަރުގެ ދޮން ދަރިފުޅު ފުއްޕާހަމެއް ގަނެދޭން ބުނުމުން އަނިޔާކޮށް މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
4 އަހަރުގެ ދޮން ދަރިފުޅު ފުއްޕާހަމެއް ގަނެދޭން ބުނުމުން އަނިޔާކޮށް މަރާލައިފި

އުމުރުން 4 އަހަރުގެ އަންހެން ކުއްޖަކު ފުއްޕާހަމެއް ގެނެދޭން އެދުމުން އެކަމާއި އައި ރުޅީގައި އަނިޔާކޮށް މަރާލައިފިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އިއްޔެ މި އަންހެން ކުއްޖާ މަރާލާފައިވަނީ އޭނާގެ ދޮންބައްޕައެވެ.

ކުއްޖާގެ މަންމަ ބުނެފައިވަނީ ދަރިފުޅު ފުއްޕާ ހަމެއް ގަނެދޭން ބުނުމުން އައި ރުޅީގައި ފެށި ޒުވާބުގެ ތެރެއިން ފިރިމީހާ ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަދެ ތަޅުލުމުން ފުލުހުންނަށް އެންގީ ކަމަށެވެ. ފުލުހުން އައިސް ދޮރު ހުޅުވިއިރު ދަރިފުޅު އޮތީ މަރާލާފައި ކަމަށާއި ފިރިމީހާ އަމިއްލައަށްވެސް އަނިޔާތަކެއް ލިބިގެންފައި ހުރި ކަމަށެވެ.

ޤަޞްދުގައި މީހަކު މަރާލިކަމުގެ ކުށުގައި ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މިއަދު އޮންލައިން