ދިރާގުން ސާއިދުގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ދިރާގުން ސާއިދުގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

ސައުތު އޭޝިއަން ގޭމްސްގައި ހަސަން ސާއިދު ހޯދި ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން 1 ލައްކަ ރުފިޔާ ދިރާގުން ހަދިޔާކޮށްފިއެވެ.

ދިރާގުން ވަނީ ސާއިދު އަށް ހިތްވަރު ދިނުމުގެ ގޮތުން 100،000 ރުފިޔާއާއި ދިރާގުގެ 5ޖީ މޯބައިލް ހިދުމަތް އެކްސްޕީރިއަންސް ކޮށްލުމަށް 5ޖީ މޯބައިލް ހޭންޑް ސެޓެއްވެސް ސާއިދަށް ހަދިޔާކޮށްފައެވެ.

ސާއިދުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ދިރާގު ހެޑްހޮފީހުގައި ބޭއްވި ހާއްސަ ހަރަކާތުގައި އެކުންފުނިން ސާއިދަށް ވަނީ އޮރެންޖު ކާޕެޓުގެ މަރުހަބާ އެއް ކިޔައިފައެވެ.

ސާއިދު އަކީ ފާއިތުވި ހަތަރު އަހަރުވެސް ދިރާގުގެ ބްރޭންޑް އެމްބެސެޑަރެކެވެ.

 

 

މިއަދު އޮންލައިން