ގާޒީ ބާރީ ފަނޑިޔާރުކަމުން ދުރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ގާޒީ ބާރީ ފަނޑިޔާރުކަމުން ދުރުކޮށްފި!

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ސުލޫކީ މައްސަލައެއް ބެލުމަށް އޭނާ ފަނޑިޔާރުކަމުން ވަގުތީގޮތުން ދުރުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ގާޒީ ބާރީގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީ އިން ބަލަމުން ދަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާމައްސަލައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ވަނީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށް އަންގައި ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މިސިޓީއާއި ގުޅިގެން ބާރީގެ ސުލޫކީ މައްސަލައެއް ބެލުމަށާއި ފަނޑިޔާރުކަމުގެ މަސައްކަތުން ބާރީ ވަގުތީ ގޮތުން ދުރުކުރުމަށް ޖޭއެސްސީ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

މީގެކުރިން ގާޒީ ބާރީ ވަނީ ގިނަ އަހަރުތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވާފައެވެ.

 

މިއަދު އޮންލައިން