ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ ކ. މާފުށީގައި ފެން ހިނަދަން ކުރަން ޖެހޭ މަސައްކަތް ކުރަން ސަރުކާރުގެ އެހީތެރިކަން ނުލިބުމުން ޢާދިލް ސަލީމް އަމިއްލަ ޚަރަދުގައި މަސައްކަތް ފަށްޓަވައިފިއެވެ.
ޢާދިލް ވިދާޅުވީ މިކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަން ރަށުގެ ބައެއް ފަރާތްތަކާއި ރަށު ކައުންސިލުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތީ ޓޫރިސްޓް ސީޒަންގެ އެންމެ މުހިންމު ދުވަސްތައް ކަމަށްވުމުން މޫސުމީ ވާރެއިން ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ މަސައްކަތެއްކަން އާދިލް ވަނީ ފާހަގަކުރައްވައިފައެވެ.