މާލެ-ވިލިގިލި-ތިލަފުށި-ގުޅި ގުޅައިލަދޭ ބްރިޖް އެޅުމާއިބެހޭގޮތުން މަހާސިންތާއެއް މިއަދު ދަރުބާރުގޭގައި ބާއްވައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ މި ހަރަކާތުގައި މަޝްރޫޢުގެ ކޮންސަލްޓަންޓް، އޮވޭ އަރުޕް ޕވޓ. ލޓޑ.ގެ ފަރާތުން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ދީފައިވާ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ބްރިޖް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށެވެ.