ބޮޑުތަކުރުފާނު މަގުން މިރޭ 20:18 ހާއިރު ދުއްވާފައި ދިޔަ ސައިކަލެއްގެ ފުރޮޅުގައި ފަހަތުގަ އިން އަންހެން މީހާގެ ހެދުން އޮޅި, އޭނާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަަނީ މިހާދިސާގައި އަންހެން މީހާގެ އަތަށާއި ފަޔަށް އަނިޔާވެފައިވާކަމަށެވެ. އެހެނަމަވެސް ސައިކަލު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެކުރިން ވެސް ފުލުހުން އަންނަނީ ދިގު ހެދުން ތުރުކުރައްވައިގެން ސައިކަލުގައި ދަތުރުކުރާ އަންހެނުން، ސައިކަލުގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.