އިސްލާމް ދީން ކުރިއަރުވަން ކައުންސިލަރުން ކުރަން ޖެހޭ މަސައްކަތެއްވެސް އަދާކުރަންޖެހޭ ދައުރެއް ވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިސްލާމް ދީން ކުރިއަރުވަން ކައުންސިލަރުން ކުރަން ޖެހޭ މަސައްކަތެއްވެސް އަދާކުރަންޖެހޭ ދައުރެއް ވެސް ނެތް!

ރާއްޖޭގައި މަދުބައަކު ނަމަވެސް މުރުތައްދުވެ އިސްލާމް ދީން ދޫކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާއިރު އިސްލާމް ދީން ދިފާޢުކޮށް ކުރިއެރުވުމުގައި ކައުންސިލަރުންގެ އެއްވެސް ދައުރެއް ނެތްކަން ހާމަވެއްޖެއެވެ.

އެކަން އެނގިގެން ދިއައީ ކްރޮސް ރޯޑްސްގައި މިހާރު ކުރިއަށް ގެންދާ ކައުންސިލަރުންގެ މަހާސިންތާގައި އިސްލާމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތުމާއި ހަރުކަށި ފިކުރާއި އިސްލާމް ދީނާއި ގުޅުވައިގެން އަޑުއުފުލަން ބޭއްވި ސެމިނާގައިވެސް އިސްލާމިކް މިނިސްޓްރީ ބައިވެރިކޮށްފައި ނުވާތީއެވެ. 

މިއަދުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީ ބައިވެރި ނުކުރި ނަމަވެސް ޤާނޫނު އަސާސީން އެ މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ބައެއް މަސްއޫލިއްޔަތުތައް މިހާރަށް ވުރެ ފުރިހަމައަށް އަދާކުރަންޖެހޭ ކަމުގެ ވާހަކަ އެހެން މިނިސްޓަރުން ދެއްކެވިއެވެ. އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންކަމުގެ ވާހަކަ ދެއްކިއިރު އިސްލާމިކް މިނިސްޓްރީގެ އެއްވެސް ބައިވެރިވުމެއް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.  

މުޅި ރާއްޖެ 100 ބުރިއަށް އިމާރާތްކޮށް ހުރިހައި ރަށްތައް އުދުހޭ ބްރިޖުތަކުން ގުޅާލައި ގޭގައި ތިއްބައި ދޫނި ތުނބުގައި ދުނިޔޭގެ އެންމެ މީރުކެއުން ލިބޭނެ ގޮތް ހަމަޖައްސައިދިން ނަމަވެސް އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވެވޭނީ މުސްލިމުންގެ ގޮތުގައި ދެމިތިބެވިގެން ކަމަށްވާއިރު މިފަދަ ބޮޑު މަހާސިންތާއެއް ބާއްވައި ނިންމައިލާއިރު އިސްލާމިކް މިނިސްޓްރީއަށް އެއްވެސް ދައުރެއް ދީފައި ނުވުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ކެމްޕޭނުތަކުގެ އަސަރުކުރާތީ ރާއްޖޭގެ ބައެއް ރަށްރަށުގައި ދިރިއުޅޭ ބައެއް މީހުންނަށްވެސް ކުފުރުގެ ބަސްތައް ބުނެވުމުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ކައުންސިލަރުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ.

މިއަދު އޮންލައިން