މުންނާރު ފީވެގެން ވެއްޓެނީ! އުވަލައިގެން ފުދޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މުންނާރު ފީވެގެން ވެއްޓެނީ! އުވަލައިގެން ފުދޭކަށް ނެތް!

މާލޭ ހުކުރު މިސްކިތުގެ މުންނާރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ގިނަބައަކަށް ރާއްޖޭގެ އިސްލާމީ ވަންތަކަމާއި ހައިޞިއްޔަތު ދައްކައިދޭ ރަމްޒެވެ. ހުރިހާ ދިވެހިރައްޔިތުންގެ ހިތްތަކުގެ ވިންދު އެތަނަކާއި ގުޅިފައިވާ ބިނާއެވެ.  

ވީމާ މުންނާރު ފީވެ ނެތިގެން ދިއުމަކީ ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް އެދޭނެ ކަމެއް ނޫނެވެ. ތިރީގައި މިވަނީ އެކަމަށް ކަންބޮޑުވެވަދައިގަންނަވާ ބޭފުޅަކު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.  

"ހުކުރު މިސްކިތު މުންނާރަކީ މިހާރު އެތައް ސަތޭކަ އަހަރުވެފައިވާ ބިނާއެކެވެ. މުންނާރު ރާނާފައި ވަނީ އުވަޔާއި ގަލުންނެވެ. މިހެންކަމުން ގިނަދުވަސްތަކެއް ވެފައިވުމާއެކު އުވަފީވެފައިވާކަމުގެ ނިޝާންތައް ފެންނަންފަށައިފިއެވެ. އުވަޔަކީ ދުވަސްވުމުން އޭގެޒާތުގައި ފީވާއެއްޗެކެވެ.

އަޅުގަޑުމެންގެ ކުޑައިރާ ޚިލާފަށް، މިހާރު އުވަލާ ހެދިކަމުގައިވިޔަސް އިސާހިތަކު ހަޑިވެ ބޭރުގައި ޖަހާފައިވާ އުވަގަނޑުންވެސް ފީވެފައިވާކަމުގެ ޢަލާމާތްތައް ފެންނަންފަށައެވެ.

ވީމާ މާގިނަދުވަހު މިހާރު އެހުރިގޮތައް ހުރެގެން މުންނާރު ދެމިހުންނާނެހެން ހިޔެއްނުވެއެވެ. އަތްވާއި ވާރެއިން ހިޔާވާނޭ ގޮތެއް ހެދިއްޖެނަމަ އަދި އިތުރު ދުވަސްތަކަކަށް ޕްރިޒަރވްކުރެވިދާނެއެވެ. މިސުރު، ތުރުކީ ފަދަ އިސްލާމީ ޤައުމުތަކުން ލަފާހޯދުން މޮޅުއިތުރުވެގެންވެއެވެ."

މިއަދު އޮންލައިން