ފުރްޤާން މިސްކިތް ކުރިމަތީގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި!

ކިޔުމަށް ހޭދަވާނީ 1މ 7ސ
ފުރްޤާން މިސްކިތް ކުރިމަތީގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި!

ފުރުޤާން މިސްކިތް ކުރިމަތީގައި ޕާކިންގެ ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ޕާކިންގ ޒޯނަކީ ކުރީގެ ގާކޮށީގައި ހަދާފައި މާލެ ސްކޮޔަރއާއި ފުރުޤާން މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ލުއި ފަސޭހަކޮށްދިނުމަށް ހަދާ ޕާކިންގ ޒޯނެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން މިހާރުވަނީ ޕާކިންގ ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯން ހެދުމަށް ބޭނުންވާ ޑީޓެއިލް ކުރެހުންތައް ކުރެހުމުގެ މަސައްކަތްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ޕާކިންގ ޒޯންގައި 100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި މަސައްކަތް ނިންމާ، އަންނަ ޖެނުއަރީމަހުގެ ތެރޭގައި ޕާކިންގ ޒޯން ހުޅުވާލާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން މި ހަފްތާގެ ތެރޭގައިވަނީ ބޭންކް އޮފް މޯލްޑިވްސް ސަރަޙައްދުގައިވެސް ޕާކިންގ ޒޯނެއް ހަދާފައެވެ. މި ޒޯނަކީ 125 ސައިކަލު ޕާކު ކުރެވޭ ޒޯނެކެވެ. މީގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ޒޯންގައި 4 ފުރޮޅުލީ ވެހިކަލަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި ޒޯންގައި 78 އުޅަނދު ޕާކު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން