ހދ. ނޮޅިވަރަމްގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްރިސާލާ އިން ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކުދިންނަށް އިނާމުދިނުމަށް ނިންމައިފިއެވެ.
ހަމައެކަނި ނޮޅިވަރަމްގެ 10-15 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޖަމިއްޔަތުއްރިސާލާ އިން ވަނީ ޖަމާއަތުގައި ފަތިސް ނަމާދުކުރާ ކުދިންނަށް ޝަރުތުތަކަކާއި އެކު 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށެވެ.
މި އިނާން ލިބުމުގެ ޝަރުތު ތަކަކީ ފުރަތަމަ ތަކުބީރާއެކު ޖަމާއަތުގައި ބައިވެރިވުމާއި، މެދުކެނޑުމެއްނެތި 40 ރޭ ނަމާދުކުރުމެވެ.
ޖަމިއްޔަތުއްރިސާލާ އިން ބުނެފައިވަނީ މި އިނާމް ހޯދުމަށް ބޭނުންވާކުދިން 7952934 ނަމްބަރަށް އެސްއެމްއެސް ކޮށްގެން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.