އަފްގާނިސްތާނުގައި ދިވެހި އަންހެނަކު ވިހި އަހަރަށް ޖަލަށްލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އަފްގާނިސްތާނުގައި ދިވެހި އަންހެނަކު ވިހި އަހަރަށް ޖަލަށްލައިފި!

އަފްގާނިސްތާނު ފުލުހުން ހައްޔަރުކުރި ދިވެހި އަންހެނަކު ވިހި އަހަރަށް ޖަލަށްލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

ސީޕީ ހަމީދު ވިދާޅުވީ އަފްގާނިސްތާނުން ޖަލު ހުކުމް އިއްވާފައިވަނީ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ އަންހެނުންގެ މައްޗަށެވެ. މީގެކުރިން ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަލީ ޝާފިއު އަކީ އޭނާގެ އަންހެނުންނާއި އަދި ހަތަރު ދަރިން ގޮވައިގެން ބޭސްފަރުވާ ކުރުމަށް ސްރީލަންކާ އަށް ގޮސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުތެރޭ ލަންކާ އިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްގާނިސްތާނަށް އެތެރެވެފައިވާ މީހެކެވެ.

އަފްގާނިސްތާނު ފުލުހުން ޝާފިއު އާއި އޭނާގެ އާއިލާ ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަފްގާންގެ ނަންގަރްހާރް ޕްރޮވިންސުންނެވެ.

 

މިއަދު އޮންލައިން