ގއ.ކޮލަމާފުށީ ގެއެއްގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާ އެގޭގައި ދިރިއުޅެމުންދަނީ އެކަނި ކަމަކަށާ އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހަވީރު 17:55 ހާއިރު އޭނާގެ ހަބަރެއް ނުވެގެން ގޮސް ބެލިއިރު އެގޭ ކޮޓަރި ތެރެއިން ކަމަށް ފުުލުހުން ބުނެއެވެ. އަދި ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެސް ފެންނަ ނެތް ކަމަށް ފުލުހުން ބުނިއެވެ.
ފޮޓޯ: ސޯސަލް މީޑިއާ