ޑްރަގާ ހައްދުފަހަނައަޅައި ދިއުމާ ސެކިޔުލަރިޒަމް ސީޔާސީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަތާ ފަނަރަ އަހަރުވެއްޖެ: އިބްރާހީމް ދީދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޑްރަގާ ހައްދުފަހަނައަޅައި ދިއުމާ ސެކިޔުލަރިޒަމް ސީޔާސީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަތާ ފަނަރަ އަހަރުވެއްޖެ: އިބްރާހީމް ދީދީ

ޑްރަގާއި ހައްދުފަހަނަޅައި ދިއުމާއި ސެކިޔުލަރިޒަމް ރާއްޖޭގައި ސީޔާސީ ބޭނުންތަކަށް ބޭނުންކުރަމުން އަންނަތާ 15 އަހަރުވެއްޖެ ކަމަށާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުން ހުއްތުވޭނީ އެކަމުގެ ތަޖުރިބާކާރުން ބޭނުންކޮށްގެން ޒަމާނީ އުކުޅުތައްވެސް ބޭނުންކޮށްގެން ކަމަށް ދިގު މއްދަތެއްގައި ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރައްވައި އަދި ރައްޔިތުންގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ބްރިގޭޑިއާ ޖެނެރަލ (ރޓ) އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ދީދީ ވިދާޅުވީ ހުޅަނގުން މެދު އިރުމަތީގެ ބަސް ނާހާ ވެރިން ނެތިކޮށްލުމަށްވެސް އެޖެންޓުންގެރ ގޮތުގައި ޖިހާދީންގެ ބޭނުންކުރި ކަމަށާއި އެހެން ނަމަވެސް އިރާޤް ސުންނާފަތިވިއިރު އަލްޤައިދާ ހައްދުން ނައްޓައި 9/11 ކުރިމަތިވި ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން (ދިވެހިރާއްޖެއިން) މި މަޅީގައި ނުޖެހި ދީނުގެ އުޞޫލުގައި ދިވެހިން އުޅުނު ގޮތް އިޢާދަކުރަން ޖެހޭ ކަމަށެވެ.

އިބްރާހީމް ދީދީ ވަނީ ދިވެހިރާއްޖޭގެ ގިނަ ބައަކު ބޭނުންވަނީ މިހާރުވެސް ތިބި ފަދައިން އިސްލާމީ އުޞޫލުތައް ހިފަހައްޓައިގެން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް ކަމަށް ވީއިރު ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިއުން ހުއްޓުވުމަކީ ހުޅަނގުގެ އުޞޫލުތަކަށް ތަބަޢަވެގެން ކުރެވިދާނެ ކަމެއް ތޯ ސުވާލުކުރައްވައިފައެވެ. "މި މައްސަލަ ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ކަމުގެ މާހިރުންގެ ބޭނުންކޮށްގެން." ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން