ކިޔވައި ވިދާޅުވީ ސައުދިއަރަބިޔާގެ އިސްލާމީ ޔުނިވަރސިޓީތަކުން ކަމަށާއި އެތަނުން ދަސްކޮށްދިނީ ހަރުކަށި ނުވުމަށާއި ހައްދުފަހަނައަޅައި ނުދިއުމަށް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ އެމަނިކުފާނުވެސް އަދި ސައުދީގެ ޔުނިވަރސިޓީތަކުން ކިޔަވައި ވިދާޅުވި އެއްވެސް ދަރިވަރަކު ހައްދުފަހަނައަޅައި ދިއުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. "އަހަރެމެންނަށް ދަސްކޮށް ދިނީ އިސްލާމް ދީނުގައިވާ ފަދައިން ދީނުގެ ކަންކަމުގައި ހިފަހައްޓަން. މެދުމިނުގައި ކަންކަން ކުރަން. ހައްދުފަހަނައަޅައި ނުދިއުމަށް."
ސައުދިއަރަބިޔާގެ ޔުނިވަރސިޓީތަކުން ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ފަތުރާކަމަށް ތުހުމަތުކުރައްވައި 3 ރައީސް ކަމުގައި ހުންނަވާ ނަޝީދު އިއްޔެ ވާހަކަފުޅު ދެއްކެވިއިރު އެމަނިުކުފާނުގެ އެންމެ އަރިސް ދީނީ ޢިލްމުވެރިންގެ ގޮތުގައި ގެންގުޅުއްވަނީވެސް ސައުދިޢަރަބިޔާއިން ކިޔަވައި ވިދާޅުވި ޢިލްމުވެރިންނެވެ. އެހެންކަމުން 3 ރައީސް ކަމުގެ ޝަރަފު ލިބިވަޑައިގެންފައިވާ މުޙައްމަދު ނަޝީދު ކުއްލިއަކަށް ސައުދިޢަރަބިޔާގެ ޔުނިވަރސިޓީތަކަށް މިހައި ވަރުގަދަ ހަމަލާތަކެއް ދެއްވި ސަބަބާއިމެދު ސުވާލުތައް ވަނީ އުފެދިފައެވެ.
ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި ވެސް ތަފާތު ދޮގު އިލްޒާމްތައް ގެންދަވަނީ އަޅުއްވަމުންނެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ ކެންޕޭނުގައި ވަކި ތަނަކުން ކިޔަވައިވިދާޅުވުމާއި އެއްޖިންސުން ގުޅުން ހިންގުމާއިވެސް ވަނީ ގުޅުއްވައިފައެވެ. އެކަން އެގޮތަށް ކުރައްވާފައިވާއިރު ރާއްޖޭގެ ވަރަށް ގިނަ ދީނީ ގިނަ ޢިލްމުވެރިންނަކީ ސަލަފިއްޔާއިން ކިޔަވައި ވިދާޅުވި ޢިލްމުވެރިންނެވެ.
މިކަންކަން ފާހަގަކުރައްވައި ޑރ. އިޔާޟް ރޭ ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ދިވެހި ޤައުމަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށްވެފައިވާ ކަމަށެވެ.