3 ޢިލްމުވެރިއަކު ސަސްޕެންޑްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
3 ޢިލްމުވެރިއަކު ސަސްޕެންޑްކޮށްފި

ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 3 ޢިލްމުވެރިއެއްގެ ހުއްދަ ސަސްޕެންޑްކޮށްފިއެވެ. ނަމަވެސް އެއީ ކޮން 3 ބޭފުޅުންކަން އިސްލާމިކް މިނިސްޓްރީން މިވަގުތާއި ހަމައަށް ޢާންމުކޮށްފައެއް ނުވެއެވެ. 

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިއްޔެ ވަނީ ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލަން ސަރުކާރަށް ކުރެވެން ހުރި ހުރިމަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ބިރުވެރިކަމާއި ނުރައްކައުތެރިކަން ބޮޑުވެފައިވާ މިންވަރު ބަޔާންކުރައްވައިފައެވެ. 

ހަރުކަށި ފިކުރާއި ދެކޮޅަށް ފިޔަވަޅު އަޅަން ފަށަނީ އިސްލާމް ދީނާއި ދެކޮޅަށް ކުރާ ކަމެއްގެ ގޮތުގައި ނޫން ކަމަށާއި މީހުންނަށް ޙަމަލާދީ މެރުން ހުއްޓުވުމަށް ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. 

މިއަދުނޫހަށް މައުލުމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އެންމެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އެންމެ އިސް ވެރިން މިއަދު ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. 

އިސްލާމް ދީނުގެ ކަންކަމުގައި އަމިއްލައަށް ޙުކުމް ނެރެ ތަންފީޒު ތަންފީޒު ނުކުރުމަށާއި ޙުކުމް ނެރެ ފިޔަވަޅު އެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ދަރުސްތަކުގައި ގޮވާލައްވަމުންނެވެ.

މިއަދު އޮންލައިން