ރާއްޖޭގައި ތިބި ރިހިބިލިޓޭޓް ކުރަން ޖެހޭ އެއްވެސް ބައަކު ރިހިބިލިޓޭޓް ކުރެވިފައި ނުވާއިރު ހަރުކަށި ފިކުރުގެ މީހުން ރިހިބިލިޓޭޓްކުރާނެ ގޮތަކާއިމެދު ޑރ. ޢައިޝަތު ޢަލީ ނާޒް ސުވާލު އުފައްދަވައިފިއެވެ.
ޑރ. ނާޒް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ޤައިދީންނާއި ގޭގްތަކުގައި ޙަރަކާތްތެރިވާ މީހުން ރިހިބިލިޓޭޓް ކުރެވުނުތޯ ސުވާލު އުފައްދަވައިފައެވެ. އަދި ކަންކަން މިިފަދައިން ހުރުމުން ހަރުކަށި ފިކުރުގެ މީހުން އިޞްލާޙް ކުރެވޭނެ ކަމާއިމެދު އޮތީ ކޮން އުންމީދެއް ކަމާއިމެދު ވެސް ވަނީ ސުވާލު އުފައްދަވައިފައެވެ.
ދުނިޔެމަތީގެ ސުވަރުގެ ކަމަށް ސިފަކުރަމުން އަންނަ ޜާއްޖޭގެ ސަލާމަތްކަން ގެއްލި ނުރައްކައުތެރި ތަނަކަށް ބަދަލުވެގެންދާކަން ފާހަގަކުރައްވައި ޑރ. ނާޒް ވިދާޅުވީ އިމާރާތްކުރާ މަދު އިމާރާތްކޮޅަކުން ޤައުމު ހިމާޔަތްކޮށް އަމާންތަނަކަށް ހެދުމަށް ނުފުދޭ ކަމަށެވެ.
Mikanthatha kaamiyaab kurevunu tho?Drug,Prison,Gangster Rehabilitation? What makes u think u can rehabilitate the radicalised successfully?Bring "em back to a nation already challenged,it will be paradise lost &unsafe forever.A plan,
— Dr.Aishath Ali Naaz (@aishathalinaaz) December 18, 2019
few consultations&a building is not enough.