ހަރުކަށި ފިކުރު މިވަރަށް ޕްރަމޯޓުކުރެވުނީ އެހެން ދީންތައް ގެނައުމުގެ ބޭނުމުގަ ހަރުކަށި ފިކުރު ފަތުރަން ސަރުކާރުތަކުން ފުރުޞަތު ދިނުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހަރުކަށި ފިކުރު މިވަރަށް ޕްރަމޯޓުކުރެވުނީ އެހެން ދީންތައް ގެނައުމުގެ ބޭނުމުގަ ހަރުކަށި ފިކުރު ފަތުރަން ސަރުކާރުތަކުން ފުރުޞަތު ދިނުމުން!

ޚަބަރުގައިވާ ޓްވީޓުގައި އެވަނީ 2008 ވަނަ އަހަރު ޜާއްޖޭގައި ހަރުކަށި ފިކުރު އޮތް ޙާލަތާއިމެދު ކަންބޮޑުވެވަޑައިގެން ޝައިކް އާދަމް ޝަމީމް ދެއްކެވި ވާހަކަފުޅެކެވެ. އެހެންކަމުން އެނގިގެންދަނީ މި ފިކުރު ފެށި ބާރަށް ދުވެ ކުރިއަރައިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުގައި ކަމެވެ. 

އެއިގެ ފަހުން ރައީސް ނަޝީދު، 3 އަހަރު، ރައީސް ޑރ. މުޙައްމަދު ވަޙިދު (މާބޮޑު ބާރެއް ނެތި) 2 އަހަރު ރައީސް ޔާމީން އެންމެ ވަރުގަދަ ބާރުތަކާއިއެކު 5 އަހަރު ވެރިކަން ކުރައްވައިފައެވެ. 

ނަމަވެސް މިއަދު ނޫނީ މިއިން ކަމަކަށް ފިޔަވަޅެއް އުޅުނު ތަނެއް ފެނިފައެއް ނުވެއެވެ. ދިރާސާކުރައްވާ ބޭފުޅުން ޔަޤީންކުރައްވާ ގޮތުގައި ހަރުކަށި ފިކުރު ފެތުރެން ދޫކޮށްލާފައި އޮތީ ސެކިޔުލަރިޒަމާއި އެތީސްޓުންނަށާއި އަދިވެސް އެފަދަ އެހެން ދީންތަކަށް ރާއްޖެއިން ފުރުޞަތު ދޭން ބޭނުންވާތީއެވެ. އެ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި މިހައިވަރަށް އަތްގަދަކޮށްލެވިފައިވަނީ ރައީސް އިބްރާހީމް ނާޞިރަށްފަހު ފާއިތުވި 42 ވަރަކަށް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިން އެކަމަށް ފުރުޞަތު ދެއްވެވުމުންނެވެ. 

އާދަމް ޝަމީމްގެ ވާހަކަފުޅު ނުވަތަ އިންޒާރު ޓްވީޓުގައިވާ ވީޑިއޯއިން އަޑުއައްސަވައިލައްވާށެވެ!

 

މިއަދު އޮންލައިން