އެމް.ޑީ.އެންގެ 3 އަކުރު އުވާލުމަކުން ނުފުދޭ! މަސައްކަތް ހުއްޓުވޭނީ ޝައިޠާނީ އެޖެންޓުންނާމެދު ފިޔަވަޅު އެޅިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެމް.ޑީ.އެންގެ 3 އަކުރު އުވާލުމަކުން ނުފުދޭ! މަސައްކަތް ހުއްޓުވޭނީ ޝައިޠާނީ އެޖެންޓުންނާމެދު ފިޔަވަޅު އެޅިގެން!

ދީނީ ޢިލްމުވެރިންގެ ބުރަ މަސައްކަތާއި ރައްޔިތުންގެ ޤުރްބާނީގެ ސަބަބުން އެމް.ޑީ.އެންގެ 3 އަކުރު އިއްޔެ މިވަނީ ސަރުކާރުން އުވާލައިފައެވެ. އެކަން ކުރިއަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ ރައީސް ރާއްޖޭގެ ކުރިގެ ރައީސް، ރައީސް ނަޝީދު 3 ޓެގް އަޅުއްވައިގެން ނުކުންނަވައި ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށްވެސް އެވަރު ކޮށްދިން ކަމަށްޓަކައި ސަރުކާރަށް ޝުކުރުވެރިވމުއެވެ.

އެމް.ޑީ.އެންގެ 3 އަކުރު އުވާލުމަކުން ނުފުދެއެވެ. އެ ފިކުރުގައި ތިބި އެތައް ބައަކު ތިބީ ސަރުކާރުގެ އެންމެ އިސް މަޤާމުތަކުގައެވެ. އެމީހުންގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތްކުރަން ޖެއެވެ. އެ 3 އަކުރުން ނެރުނު ޝައިޠާނީ ކަރުދާސް ނެރުމުގައި ބައިވެރިވި އެންމެންނާއިމެދު ފިޔަވަޅު އަޅައި އެފަދަ ކަންކަން ތަކުރާރު ނުކުރެވޭނެ ގޮތް ހަދަން ޖެހެއެވެ.

އެހެން ޤައުމުތަކަށް ބެލި ނަމަވެސް މުޖުތަމައުގައި ހަމަނުޖެހުން އުފެދި މައްސަލަތައް އުފެދެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމް ދީނުގެ ކަންކަމުގައި އިންޞާފު ނުލިބުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ޤާނޫނުގައިވާ މިންވަރަށް ވެސް ތަންފީޒު ނުކުރުމެވެ. މިކަންކަން ހަމަ ދިވެހިންގެ ތެރޭގައި ވެސް އެގޮތަށް ހިނގާނެއެވެ. އެއީ ބަޑީގެ ކޮޅު ދައްކައިގެން ހުއްޓުވޭނެ ކަންކަން ނޫންކަން ޤައުމުތަކުން ވަނީ ސާބިތުވެފައެވެ.

ވީމާ ދިވެހި ދައުލަތާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން މިކަންކަމަށް ފުންކޮށް ވިސްނުމުގެ މުހިންމުކަން ވަރަށް ބޮޑެވެ!

މިއަދު އޮންލައިން