ދަރުސް ދިނުން މަނާކުރި ޢަބްދުއްރަޙީމް ވަނީ ރާއްޖެ ދޫކޮށް ހިޖުރަކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރުސް ދިނުން މަނާކުރި ޢަބްދުއްރަޙީމް ވަނީ ރާއްޖެ ދޫކޮށް ހިޖުރަކޮށްފަ!

ހަރުކަށި ފިކުރުގެ ޢިލްމުވެރިން ކަމަށް ތުހުމަތުކޮށް އިސްލާމް މިނިސްޓްރީން ދަރުސް ދިނުން ވަގުތީ ގޮތުން ހުއްޓުވާފައިވާ 2 ޢިލްމުވެރިންގެ ތެރެއިން ނ. ޅޮހި، މަނަދޫގޭ އަބްދުއްރަހީމް މުހައްމަދު ވަނީ ރާއްޖެ ދޫކޮށް ހިޖުރަކޮށްފައިކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ ދޫކޮށް ހިޖުރަކޮށްފައިވަނީ ޖަޕާނު އަންހެނަކާއި ކައިވެނިކޮށްގެން ޖަޕާނަށެވެ. އޭނާ ހިޖުރަކުރީ އޭނާގެ މައްސަލަތައް ފެންމތިވުމުންނެވެ.

ދެވަނައަށް ލިސްޓްކޮށްފައިވާ ސ. މީދޫ ދެކުނުގެ ޖައުފަރު ފާއިޒު އާއިމެދު މަރު ކޮމިޝަނުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އެކަންކަމުގެ ޙަޤީޤަތް ހާމަވާނީ މައްސަލަ ބަލައި ތަހްޤީޤު ކުރުމުންނެވެ.

ޝައިޚް ޖަޢްފަރު ފާއިޒުގެ ވަރަށް ގިނަ ދަރުސްތައް އަޑު އިވެމުން އަންނަތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ. އެއްވެސް ދަރުސެއްގައި ހަރުކަށި ފިކުރަށް ތާއީދު ކުރައްވައި އެއްވެސް ވާހަކައެއް ދެއްކެވި އަޑު އިވިފައެއް ނުވެއެވެ. އަބަދުވެސް ވާހަކަފުޅު ދައްކަވާފައިވަނީ ކީރިތި ޤުރްއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ޢަމަލުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެނޫން އިތުރު ގޮތެއް ހޯދަން ބައަކު އުޅުނު ނަމަވެސް އެނޫން އިތުރު ގޮތެއް ހޯދައި ދެއްކި ނަމަވެސް އެކަންކަން ޤަބޫލު ނުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ބައެއް ދަރުސްތަކުގައި ރައީސް ނަޝީދު ކުރައްވާ ބައެއް ކަންކަމަށް ފާޑުވިދާޅުވެ އެއީ އިސްލާމުންނާއި ބީރައްޓެހި ގޮތްތައް ކަމުގައި ވަނީ ބަޔާން ކުރައްވައިފައެވެ.

މިއަދު އޮންލައިން