ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އަޅުގަނޑު! މިއަދު އިވުނީ "އަހަރެން!" މިވީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އަޅުގަނޑު! މިއަދު އިވުނީ "އަހަރެން!" މިވީ ކިހިނެއް؟

ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބާއްވަވާ ބައްދަލުވުންތަކުގައިވެސް ތަޤްރީރުތަކުގަވެސް އަދި ޚިޠާބް ތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ވިދާޅުވަނީ އަޅުގަނޑެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވުނީ  "އަހަރެން" ކިޔާ އަޑެވެ! 

ސަބަބު: 

އެނގިގެން މިދިއައީ "އެ ފިކުރުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން ނޫން އެހެން ފިކުރުތަކުގެ މީހުންނަކީ މާދަށުދަރަޖައިގެ ބައެކެވެ. އެމީހުންނާއި ރިވެތި ބަހުރުވައިން މުޚާޠަބްވެސް ކޮށްގެން ނުވާނެއެވެ. ހިނިތުންވެސް ވެގެން ނުވާނެއެވެ." ކަމަށް ބުނެވޭ ބަސްތަކުގެ ތެދުކަމެވެ. 

އެތަނުގައި ތިބި ނޫސްވެރިންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ މާ ދަށު ދަރަޖައިގެ މީހުން ކަމަށް ކަނޑައަޅައި "އަޅުގަނޑު" ކިޔަން ބޭނުން ނުވީ ކަމަށް ބެލެވެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ބަލައިފި ނަމަ ބައްދަލުވުންތަކުގައި އަޅުގަނޑު ކިޔައިގެން ވާހަކަ ދެއްކުމަކީ އެމީހާގެ އަގު ދަށްވާ ކަމެއް ނޫނެވެ. އެއީ އަގު އުފުލޭ ކަމެކެވެ. 

ރަސޫލް (ޞޢވ) މުޟްރިކުންނާއިވެސް މުޚާޠަބް ކުރެއްވެވީ ޢަރަބި ބަހުގެ ރިވެތި ބަހުރުވައިންނެވެ. އިހްތިރާމާއިއެކުގައެވެ. މުޝްރިކުންގެ ތެރެއިން ގިނަ ބައަކު އިސްލާމްވީ ވެސް މި ސަބަބަށްޓަކައެވެ. އިތުރު ޞާޙިބާގެ ރިވެތި ޚުލްޤްފުޅުތަކުގެ ސަބަބުންނެވެ. 

ވީއިރު މިހިރީވެސް ހަމަ ރަސޫލް (ޞޢވ)ގެ މަންހަޖުގެ ތެރެއިން ކުރާ ކަންކަން ތޯއެވެ؟ 

(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ ބަސްކޮޅެކެވެ.)  

 

 

މިއަދު އޮންލައިން