މުޙައްމަދު ޙަސަންގެ މަކްތަބާއިން ވަނީ ޑރ. ޢަބްދުލްމަޖީދުގެ ޢަބުރުފުޅަށްވެސް އަރައިގެންފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މުޙައްމަދު ޙަސަންގެ މަކްތަބާއިން ވަނީ ޑރ. ޢަބްދުލްމަޖީދުގެ ޢަބުރުފުޅަށްވެސް އަރައިގެންފަ!

ތިނަދޫ މުޙައްމަދު ޙަސަން އާއި އޭނާގެ ބައިވެރިން ހިންގާ މަކްތަބާއެއްގެ ނަމުގައި ހިންގާ އެސްެސް ފިކުރު ފެތުރުމުގެ ޙަރަކާތުން ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޢަބްދުލްމަޖީދުގެ ޢަބުރުފުޅަށްވެސް އަރައިގެންފައެވެ.

ޑރ. ޢަބްދުލްމަޖީދަކީ ކީރިތި ޤުރްއާން ތަފްސީރުގެ ޢިލްމުން ޕީއެޗްޑީ ޙާޞިލު ކުރެއްވި ފުރަތަމަ ދަރިވަރެވެ. ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ރާއްޖެއިން ބިދުޢަ ފުހެލައްވަން ގަދައަޅުއްވައި ަމސައްކަތްކުރެއްވި އަދި ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނަވައިދެއްވަން އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި ޢިލްމުވެރިއެކެވެ. ދިވެހިންގެ ގިނަ ބައެއްގެ ލޯބި ހޯއްދެވި ޢިލްމުވެރިއެކެވެ.

ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ އެ މަކްތަބާއިން ކަންކަން ކޮށްފައިވަނީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއިވެސް ޚިލާފަށް ކަމަށެވެ. އަދި ރާއްޖެ އާއި ދުނިޔޭގެ ޢިލްމުވެރިންގެ އަގު ވައްޓާލަން ަމސައްކަތްކުރުމަކީ އެ ޖަމާއަތުގެ މީހުންގެ އަޞްލު މަސައްކަތް ކަމަށެވެ.

 

މިއަދު އޮންލައިން