މަކްތަބާ ސަލަފިއްޔާއިން ރަޖިސްޓްރީ ނުކޮށް ސްކޫލްތަކެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެ!

ކިޔުމަށް ހޭދަވާނީ 39ސ
މަކްތަބާ ސަލަފިއްޔާއިން ރަޖިސްޓްރީ ނުކޮށް ސްކޫލްތަކެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެ!

މަކްތަބާ ސަލަފިއްޔާއިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އަދި އެކަން އިސްލާމިކް މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އެހެން މީޑިއާއަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މަކްތަބާ ސަލަފިއްޔާއިން ފަތުވާ ދީގެން ވަރަށް ގިނަ ކުދިންތަކެއް ސަރުކާރު ސްކޫލަށް ނުފޮނުވާ ކަމަށެވެ.

އެކަން ހުއްޓުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އެޅެން ހުރި ފިޔަވަޅެއް އަޅާނެ ކަމަށާއި އެކަމުގައި ޖިނާއީ ކުށްތަކެއްވާނަމަ ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅަން މަސައްކަތް ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން