ފާއިޒްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖޭއެސްސީއިން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ފާއިޒްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖޭއެސްސީއިން ނިންމައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން، އަލުން ސުޕްރީމް ކޯޓަށް އައްޔަން ކުރުން މަޑު ޖައްސާލައި ފާއިޒްގެ ސުލޫކީ މައްސަލަތަކެއް ބަލަން  ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިއަދު ބުނެފައިވަނީ އެކޮމިޝަނަށް އަމިއްލަ ފަރާތަކުން ހަ ކަމެއް ފާހަގަކޮށް ފާއިޒުއާ ގުޅޭ ސުލޫކީ މައްސަލައެއް ހުށަހަޅާފައިކަމަށާއި މިކަމާގުޅިގެން މިއަދު ބޭއްވި ޖޭއެސްސީގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ ފާއިޒުއާ ގުޅޭ ގޮތުން ރައީސްއަށް ލަފާ އެރުވުން މަޑުޖައްސާލަންކަމަށެވެ.

ފާއިޒުގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް ނަން ނޮމިނޭޓް ކުރައްވާފަ އެވެ.

މިއަދު އޮންލައިން