ތުލުސްދޫގަ ކްރިސްޓްމަސް ފާހަގަ ކުރުން މަނާ! ފާހަގަ ކުރަން އުޅެފިނަމަ ހުއްޓުވާނަން!: ކައުންސިލް

ކިޔުމަށް ހޭދަވާނީ 1މ 3ސ
ތުލުސްދޫގަ ކްރިސްޓްމަސް ފާހަގަ ކުރުން މަނާ! ފާހަގަ ކުރަން އުޅެފިނަމަ ހުއްޓުވާނަން!: ކައުންސިލް

ކ. ތުލުސްދޫގައި ކްރިސްޓްމަސް ފާހަގަ ކުރުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ އެއްވެސް ޢަމަލެއް ހިންގަން އުޅެފިނަމަ އެކަން ހުއްޓުވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް ސޮއިކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައިވަނީ "ކްރިސްޓްމަސް" ފަދަ ޣައިރު ދީންތަުގެ އިހްތިފާލުތައް ފާހަގަކުރުމުގެ ގޮތުން ބައެއް ތަންތަނުގައި އިޝްތިހާރު ތަތްކުރުމާއި، ކްރިސްޓްމަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަފްލާތައް ބާއްވަން އެޅޭކަމުގެ މައުލޫމާތު އެކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވާއިރު މިފަދަ ޣައިރު ދީންތަކުގެ އެކި ދުވަސްތައް ފާހަގަ ކުރުމަކީ ޤާނޫނުން ވެސް ހުއްދަކުރާ ކަމަކަށް ނުވާއިރު އެފަދަ ޚަފްލާތައް ތުލުސްދޫގައި ބޭއްވުމަކީ މަނާކަމެއް ކަމަށް ވެސް އެއެންގުމުގައި ބުނެފައިވެއެވެ.

"އެފަދަ ޚަފްލާއެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަންކަން ތުލުސްދޫ ކައުންސިލުން ހުއްޓުވާނެ ވާހަކަ ދަންނަވަން" އެއެންގުމުގައި ބުނެފައިވެއެވެ. އެފަދަ ޚަފްލާތައް ހުއްޓުވުމުގައި ދިމާވެދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށްވެސް ތުލުސްދޫ ކައުންސިލުގެ އެންގުމުގައިވެއެވެ.

 

މިއަދު އޮންލައިން