ކާނިވާ ސަރަހައްދުން މިރޭ 23:25 ހާއިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ކާނިވާ ސަރަހައްދުގައި އޮއްވާ ފުލުހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިމީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނީ އޭނާގެ ވޮލެޓު ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމީހާއަށް މިހާރު އައިޖީއެމްގައި ފަރުވާދެމުންދާއިރު މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.