ރ. ކިނޮޅަހު މޫދެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ، ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު، ކިނޮޅަހުގެ އުތުރުފަރާތު ގޮނޑު ދޮށުންނެވެ.
މިހަދިސާއާއި ގުޅިގެން އެރަށު ސިއްޙީ މަރުކަޒުން ބުނެފައިވަނީ، ހާދިސާގެ މައުލޫމާތު ލިބިގެން އެމަރުކަޒުގެ އޮފިޝަލުންތަކެއް އަތިރިމައްޗަށް ދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް، ފުލުހުން ވަނީ އެރަށަށް ދިޔުމުގެ ދަތުރުމަތީގައެވެ.