ފުވައްމުލަކު މަސްޖިދުލްއިނާރާ އޭސީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ފުވައްމުލަކު މަސްޖިދުލްއިނާރާ އޭސީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ޏ.ފުވައްމުލަކު މަސްޖޖިދުލް އިނާރާ އޭސީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ވިދާޅުވީ މި މަސައްކަތް ވެސް ޙަވާލުކުރެވިފައި މިވަނީ މސައްކަތް ޙަވާލުކުރާތާ 20 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. 

ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އޭސީ ކުރަން މިއަހަރު ނިންމީ 11 މިސްކިތެއްގައި ކަމަށާއި އެއިގެ ތެރެއިން 2 މިސްކިތަކީ މާލޭގެ 2 މިސްކިތް ކަމަށެވެ. އަދި އެ ދެ މިސްކިތުގެ މަސައްކަތް މިހައިތަނަށް ޙަވާލުކުރެވިފައި ނުވާ ކަމަށާއި ނަމަވެސް ލަސްތަކެއް ނުވެ ޙަވާލުކުރެވޭނެ ކަމަށެވެ. "ރާއްޖޭގެ ހުރިހާ މިސްކިތްތައް އޭސީ ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުފދެއް. މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީކޮށް ނިންމުން." ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ. 

މިއަދު އޮންލައިން