ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގުން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި 2020 ވަނަ އަހަރު ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ދިރާގުން ބުނެފައިވަނީ މިޕްރޮގްރާމަކީ އެކުންފުނީގެ ސީ.އެސް.އާރު ގެ ދަށުން ގިނަ ޒުވާނުން ތަކެއް ވަޒީފާގެ މާހައުލައް އަހުލުވެރިކުރުވާ، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭ ލެވެލްއިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން ޝައުގެވެރިވާ ޒުވާނުންނައް “ވޯކްއިން އިންޓަރވިއު” 7 ޖަނަވަރީގެ 2020 ވަނަ ދުވަހުގެ 14:00 އާއި 17:00 ދެމެދު ކުރިއަށްދާނެއެވެ. އިންޓަރވިއުތައް ކުރިއަށްދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ރީޖަނަލް އޮފީސްތަކުގައެވެ. 

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ފެށި އެންމެ ފުރަތަމަ ކޯޕަރެޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމްކަން ފާހަގަކޮށްލެވެއެވެ. 

 

މިއަދު އޮންލައިން