މި ފެށޭ މާލީ އައު އަހަރާއި ގުޅުވައިގެން ވިޔަފާރިވެރިޔާ އަޙްމަދު ޢާރިފް (އާރުޓޭ) ދެއްވި ނަޞޭޙަތަކީ ދުންފަތުގެ އިސްތިއްމާލުކުރުން ހުއްޓައިލުމެވެ.
މިނަޞޭޙަތަށް މަސްތުވާ ތަކެތި ބޭނުންކުރުން އިތުރުކޮށްލެއްވެވިނަމަ ވަރަށް ފުރިހަމަވީސްކަން ފާހަގަކުރެވެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުމަކީ މުޖުތަމައުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ ވަބާގެ އިތުރުން އިޤްޠިޞާދަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑުވަބާއެވެ!
2008 ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު އދ ދަނގެތީގައި ސަރުކާރުން ހާމަކުރި ރިޕޯޓަށް ބެލި ނަމަވެސް ދުވާލަކު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ބޭނުންކުރެވެއެވެ. ވީމާ އެކަމުން އެނގިގެންދަނީ އެއިރުވެސް މަހަކު 60 މިލިއަން ރުފިޔާ ކޮންމެ ދުވަހަކު އަލިފާނުން އަންދައިލެވޭ ކަމެވެ.
އެއިގެ ފަހުން އެފަދަ ރިޕޯޓެއް ޢާންމުކުރިކަން އެނގިފައެއް ނެތެވެ. ބެލެވޭ ގޮތުން މިހާރު ދުވާލަކު 10 މިލިއަން ރުފިޔާ އަންދައިލެވޭނެއެވެ. އެއީ މަހެއްގެ މައްޗަށް 300 މިލިއަން ރުފިޔާއެވެ. އަހަރެއްގެ މައްޗަށް 3.6 ބިލިއަން ރުފިޔާއެވެ.