ހިންގުމުގަ ބޮޑެތި މައްސަލަތަކެއް ހުރި ހުޅުމާލެ ހޮސްޕިޓަލް ހިންގުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހިންގުމުގަ ބޮޑެތި މައްސަލަތަކެއް ހުރި ހުޅުމާލެ ހޮސްޕިޓަލް ހިންގުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރަނީ!

ހުޅުމާލެ ހޮސްޕިޓަލް ހިންގުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް މައުލުމާތު ދެއްވަމުން ޙޫދު މިއަދު ވިދާޅުވީ އައިޖީއެމްއެޗްއާއި ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް ހިންގުން ވެސް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. "އާސަންދައިން އަދި ދުލެއް ނުކުރޭ. ނަމަވެސް އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފަ." 

ސަރުކާރުން މިގޮތަށް ނިންމި ސަބަބެއް ކަމަށް ހޫދު ވިދާޅުވީ އާސަންދަ ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏަކަށް ވެފައި އެފަދަ ކުންފުންޏަކުން ހޮސްޕިޓަލެއް ހިންގުމަކީ ބައެއް ކަންކަމުގައި މަސްލަހަތު ފުށުއަރާނެ ކަމަކަށްވާތީ  ކަމަށެވެ. 

ސަރުކާރުގެ ނިންމުން އާސަންދަ ކުންފުންޏަށް އަނގާފައިވަނީ މީގެ ހައެއްކަ ދުވަސް ކުރިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. 

ހުޅުމާލޭ ހޮސްޕިޓަލލުން ޚިދުމަތް ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ހުރިކަން ޚިދުމަތް ހޯދާ ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. މިއަދުނޫހުގެ މުވައްޒިފަކަށް ކުރިމަތިވި މައްސަލަތަކެއް މީގެ 3،4 ދުވަސްކުރިން ހާމަކުރުމުން އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ކިޔުންތެރިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން