ފެލިދޫގަ ފަތުރުވެރިއަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފި!

ކިޔުމަށް ހޭދަވާނީ 38ސ
ފެލިދޫގަ ފަތުރުވެރިއަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފި!

ވ. ފެލިދޫގައި މޫދަށް އެރިއުޅުނު ފިރިހެން ފަތުރުވެރިއަކު އޮޔާދަނިކޮށް ފުލުހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ، އިޓަލީއަށް ނިސްބަތްވާ އެމީހާ އޮޔާދާ ޚަބަރު ފުލުހަށް އެންގީ އޭނާގަ އަނބިމީހާ ފެލިދޫ ޕޮލިސް ސްޓޭޝަނަށް ގޮސް މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.

"އަންހެން މީހާ ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް، އޭނާގެ ފިރިމީހާ އޮޔާދާ ކަމަށް ބުނުމުން ފުލުހުން ވަނީ މޫދަށް އެރި އެ މީހާ ސަލާމަތްކޮށް އެއްގަމަށް ގެނެސްދީފަ އެވެ." މިހާދިސާއާއި ގުޅިގެން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

އޮޔާދިޔަ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާއިރު، ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެމީހާ އޮޔާ ދަނިކޮށް ފުލުހުން ސަލާމަތް ކޮށްފައިވަނީ ކަނޑުއޮޅި ކައިރިންނެވެ.

 

މިއަދު އޮންލައިން