މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް ކިޔައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް ކިޔައިފި

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

މިއަހަރު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ބަހްރެއިން އަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ މުހައްމަދު ޖާސިމް ހަލީލް އަލާމާ ބަހްރެއިނީ އަދި އޭނާގެ އަންހެނުން ސާރާ ހެޝާމް އަހްމަދު އަލީ އަލް ޖާސިމް އެވެ.

މުހައްމަދު ޖާސިމް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި މަރުހަބާ ކިޔުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ޝުކުރު އަދާކުރާ ކަމަށް މުހައްމަދު ޖާސިމް ވަނީ ބުނެފައެވެ.

މި ދެމަފިރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މިއަދު އޮންލައިން