ފަތުރުވެރިން ރާއްޖެ ގެނައުމަށް މިދިޔަ އަހަރު ކަނޑައެޅި ޓާގެޓްް ހާސިލްވި: ތޮއްޔިބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ފަތުރުވެރިން ރާއްޖެ ގެނައުމަށް މިދިޔަ އަހަރު ކަނޑައެޅި ޓާގެޓްް ހާސިލްވި: ތޮއްޔިބު

ފަތުރުވެރިން ރާއްޖެ ގެންނައުމަށް 2019 ވަނަ އަހަރު ކަނޑައެޅި ޓާގެޓްް ހާސިލްވިކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ  ފަތުރުވެރިން ރާއްޖެ ގެންނަން މިދިޔަ އަހަރު ކަނޑައެޅި ޓާގެޓްް ހާސިލްވިކަމަށާއި މި ޓާގެޓްް ހާސިލްވީ އަހަރު ނިމުމުގެ 38 ދުވަސް ކުރިން ކަމަށެވެ. އަދި މިއީ ބޮޑު ކުރިއެރުމެއް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

މިދިޔަ އަހަރު ކަނޑައެޅި ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

މިހަރަކާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 2020 އާއި 2021 އާ ދޭތެރޭ ނުވަތަ 2021 ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

މިއަދު އޮންލައިން