ޝްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 54ސ
ޝްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފި!

އަވަށްޓެރި ޝްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދެވުނު ހަ ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ގެންދަނީ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އެމްބަސީގެ ކޮންސިއުލަރ ސްޓާފުން މިވަގުތު ވެސް އެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަ ދިވެހީން ހައްޔަރު ކޮށްފައިވަނީ ވިސާގެ މުއްދަތު ހަމަވެ ގަވާއިދާއި ޚިލާފަށް އެގައުމުގައި ދިރިއުޅެމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކުގައި ލަންކާއިން ބައެއް ދިވެހިން ހައްޔަރުކޮށްފައިވެއެވެ.

ހަ ދިވެހިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން