މިއަދު ހެނދުނު ރާއްޖެއިން ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިއަ 2 ފަތުރުވެރިން ޗެކްކުރަން އުޅުމުން އެމީހުންގެ ދަބަހުގައި ބޮމެއް އެބަ އޮތްކަމަށް ބުނެ ބިރު ދެއްކުމުން އެ ދެ މީހުން ހައްޔަރުކޮށް މަސައްލަ ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއީ ސެނެގޯލްގެ މީހަކާއި ސްވިޒަރލޭންޑުގެ މީހެއް ކަމަށެވެ.
އައިލަންޑް އެވިއޭޝަންގެ މުވައްޒިފުން ޗެކުކުރަން މަސައްކަތްކޮށްފައިވަނީ އެމީހުންގެ އަތް ދަބަހެވެ. ދެ މީހުންވެސް ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.