މަސްތުވާތަކެއްޗާއެކު ނ.މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޙައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެސްކޫލްގެ ޕްރިންސިޕަލް މިވަގުތު ހުރީ ނ. ލަންދޫ ޕޮލިސް ސްޓޭޝަންގައި، ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މާޅެންދޫގައި މިއަދު މެންދުރުފަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ ޒިއްމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.