ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާއަށް އެބަލި ނުޖެހޭ ކަމަށާއި ޓެސްޓްތަކުން ދައްކާފައިވަނީ ނެގެޓިވް ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއްކަން ފާހަގަކުރާ ކަމަށެވެ.
ޙެލްތް މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ މި ބަލި ފެނުނު 3 އަހަރުގެ ކުއްޖާއަށް މިބަލި ޖެހުނު ސަބަބު ދެނެގަންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.