ހާޓްއެޓޭކެއް ޖެހުމުގެ ކުރިން ދެނެގަނެވިދާނެ ބައެއް ޢަލާމާތްތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހާޓްއެޓޭކެއް ޖެހުމުގެ ކުރިން ދެނެގަނެވިދާނެ ބައެއް ޢަލާމާތްތައް

ހާޓްއެޓޭކަކީ މިހާރު އެންމެ ގިނަ ބއަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ހާޓް އެތޭކް ޖެހޭ އެންމެން މަރުނުވި ނަމަވެސް ގިނަ ބައަކު ދަނީ މަރުވަމުންނެވެ. ހާޓްއެޓޭކް ޖެހުމުގެ ކުރިން ދެނެގަނެވިދާނެ ބައެއް ޢަލާމާތްތައް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުން ވަނީ ހޯދައިފައެވެ. އެހެންކަމުން އެކަންކަމުގެ ފުރިހަމަ މައުލޫމާތު ލިބިގެން ހުރުމަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ކަމެކެވެ. 

ހާޓްއެޓޭކެއް ޖެހެން އުޅޭއިރު އެކަން އެނގުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެކި މީހުންނަށް އެކި ގޮތަށް ޢަލާމާތްތައް ފެންނަކަމެވެ. އެންމެންނަށް ތަދު އިޙްޞާޞްކުރެވެނީ އެއް ދިމާއަކުން ނުވަތަ އެއްގޮަތަކަށް ކަމަށް ނުވުމުންނެވެ. ވަރުބަލިވުމާއި ހަމަނިދިނުލިބުމާއި ބުރަކޮށް މަސައްކަތް ކުރަން ޖެހުމަކީވެސް ދިމާވާ މައްސަލަތަކެވެ. 

ގިނަ މީހުންނަށް ހީކުރެވެނީ ބައެއް ތަދު އެއީ ހާޓް އެޓޭކްގެ ޢަލާމާތެއް ކަމަށެވެ. ނަމަވެސް ތަދެއް ދިގުލައި ހުންނަނަމަ އެއީ ތަފާތުކަމެކެވެ. ހާޓްއެތޭކާއި ގުޅިގެން އަންނަ ތަދު ވަރަށް ގަދަވާނެއެވެ. ޢާންމު ގޮތެއްގައި ދިގުލައި ހުންނާނީ 2 މިނިޓެއްހައި އިރުއެވެ.

ޚަބަރުގައިވާ ވީޑިއޯގައިވާ ލިންކުގެ ވީޑިއޯ އިން ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެއެވެ. ބައްލަވައިލައްވާށެވެ. 

ގުޅުން ހުރި ލިޔުމާއި ވީޑިއޯ:

https://www.doctoroz.com/article/how-know-if-you-might-be-having-heart-attack?fbclid=IwAR0vxKBsBwUoP8mBMak8H-TQF-IZNhO73nwnAlRCHGJqQP4r316FTnpYfAM&fbclid=IwAR2OjRjVjZaAtfJm_e5mujhlPFmwvlkqfFH7mhqFhDBv_UZOM91R27QdPIs&fbclid=IwAR3QD6tiEbIbJqMx0G2c7srVjddm78fa6PE4sben84OrGEeib_R3GQUNeZI

މިއަދު އޮންލައިން