ހާސްވުމާއި ނުތަނަވަސްކަކަން އިޙްޞާޞްވުމާއި ރުޅިއާއި އެހެން މީހުން ކުށްވެރިކުރުމާއި ހިތް ނުއެދޭ ކަމެއް މެދުވެރިވުމުން ރުޅިއައުމާއި އެފަދަ ކަމެއް މެދުވެރިވުމުން މާޔޫސްވުމާއި ކަންބޮޑުވުމާއި އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ދަހިވެތިވުމާއި އެހެން މީހުންނަށް ނަފްރަތުކުރުމުން ސަލާމަތްވާށެވެ!
މިއީ މީހުންނަށް ޖެހޭ ބަލިތަކެކެވެ. މިބަލިތަކުން މީހާ ސަލާމަތްވެ ހުރެއްޖެ ނަމަ އެމީހާއަށް ޞިއްޙީ ދުޅަހެޔޮކަން އިތުރުވާނެއެވެ. އަމާންކަމާއި ހިތްހަމަޖެހުން ލިބޭނެއެވެ. އަދި އާޚިރަތް ލިބެން ވެސް މަގުފަހިވާނެއެވެ. އިން ޝާ ﷲ.
ވީމާ މި ބަޔާންކުރި ކަންކަމުން ދުރުހެލިވެ ސަލާމަތްވެހުރުމަށް މިއަދު މަސައްކަތް ފަށާށެވެ! މާދަމާއަށް ލަސްނުކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން