ސަރުކާރުން ކުރަންޖެހޭ ކަމަކީ ވެކްސިން ދިނުމަށް ދެކޮޅުހަދާ ބައްޕައިން ޒިންމާދުކުރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސަރުކާރުން ކުރަންޖެހޭ ކަމަކީ ވެކްސިން ދިނުމަށް ދެކޮޅުހަދާ ބައްޕައިން ޒިންމާދުކުރުވުން!

ވެކްސިން ދެނީ ބަލިތަކުން ސަލާމަތްވުމަށެވެ. އެހެން މީހުންވެސް ބަލިތަކުން ސަލާމަތް ކުރުވުމަށެވެ. ވީމާ އެކަމަށް އެއްބާރުލުން ދޭން ދެކޮޅު ހަދާ ބައްޕައިން ޒިންމާދާރުކުރުވުމަކީ ދައުލަތުން ކުރަން ޖެހޭނެ ކަމެކެވެ. އޭނާގެ ދަރިންނާއި ޤައުމުގެ އެންމެންނަށްޓަކައެވެ.

އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި: 

1 ވެކްސިން ނުދޭ ދަރިން ބަލިވުމުން ބޭސްފަރުވާކޮށްދިނުމަށްފަހު އެކަމަށްދިއަ ޚަރަދު ބައްޕައިންގެ އަތުން ދައުލަތަށް އަތުލުން.

2 އެހެން މީހުންނަށް ބަލިފެތުރިފައިވާނަމަ އެމީހުންނަށް ފަރުވާ ކުރުމަށްފަހު އެކަމަށް ހިނގާ ޚަރަދުވެސް ދައުލަތަށް އަތުލުން

3 ވެކްސިން ނުޖަހާ ހުރި ކުއްޖެއްގެ ސަބަބުން އެހެން ބައަކަކަށްބަލި އަރައިފިނަމަ ބަލިވި ބައަކަށް އެކަށީގެންވާ ބަދަލެއް ނަގައިދިނުން ފަދަ ކަންކަން ހިމެނެއެވެ.

4 ވެކްސިން ނުޖަހާ ކުއްޖެއްގެ ސަބަބުން ބަލި އެރި މީހަކު މަރުވެއްޖެ ނަމަ މަރުގެ ދިޔަ އާއި އެއްވަރުގެ އަދަދަކުން ޖުރުމަނާކުރުން 

މިޒަމާނަކީ ޤާނޫނު ދެކެ އެއްވެސް މީހަކު ބިރުގަންނަ އަދި ޖެހިލުންވާ ޒަމާނެއް ނޫނެވެ. ކިރިޔާވެސް ޖެހިލުމެއްވާނީ އެމީހެއްގެ އަތުން ފައިސާ ގެއްލޭ ނަމައެވެ. އެނގޭ ކަމަކީ މިނޫން ގޮތްތަކެއް ހަދައިގެން ނަމަވެސް ހުރިހާ ކުދިންވެސް ވެކްސިން ޖައްސުވަން ޖެހޭ ކަމެވެ. ބަލިތަކުން ސަލާމަތްވެތިބެން މަސައްކަތްކުރަން ޖެހޭ ކަމެވެ. 

- ޙައްވާ ޙަސަން (މިއަދުނޫހުގެ ކިޔުންތެރިއެއް)

 

 

 

މިއަދު އޮންލައިން