އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ބުރުގަލުގަޖަހާ ޕިނެއް އަނގަޔަށް ލައިގެން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެއެވެ.
އަނގަޔަށް ޕިން ނުލުމަށް ޑޮކްޓަރުން އެތައް ފަހަރަކު ނަސޭޙަތްތެރިވެފައިވާއިރު، ރޭގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގުމުގެ ސަބަބުން އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ކޮށްފައެވެ. މިއޮޕަރޭޗަން ހިންގުމުގައި އިސްކޮށް އުޅުއްވި ތިން ޑޮކްޓަރުން ވަނީ، ފުއްޕާމޭގައި ޕިން ތާށިވުމުގެ ނުރައްކާއާއިބެހޭ މައުލޫމާތު ވެސް ހިއްސާ ކޮށްފައެވެ.
މިއޮޕަރޭޝަން ކޮށްފައިވަނީ، ކުރައްވަނީ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީގެ އިތުރުން، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މުހައްމަދު އިސްމާއީލާއި ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ. މޫސާ ހުސެއިނެވެ.
މުހައްމަދު އަލީ ޓްވީޓުކުރެއްވި ވީޑިއޯ މެސެޖުގައި، ޑރ. މޫސަ ވިދާޅުވީ ޕިން ނަގަން ޖެހެނީ ނޭވާހޮޅިއަށް، ހޮޅިއެއް ގޮތަށް ހުންނަ އެއްޗެއް ވައްދައިގެން ކަމަށެވެ. އެ މަސައްކަތުގެ ތެރޭގައި ބައެއް ގައުމުތަކުގައި ބައެއް ފަހަރު ލޭ އައިސް ފުއްޕާމޭ ފަޅައިގެން ގޮސްފައި ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"ކޮމްޕްލިކޭޝަނެއް ނައިސް ޕިން ނެގުނުކަމުގައި ވިއަސް މިއީ ވަރަށް ނުރައްކާތެރިކަމެއް،" މޫސަ ވިދާޅުވި އެވެ.
އަނެއްކާވެސް ޕިނެއް ފުއޕާމެއިން ނަގަން ޖެހިއްޖެ. pic.twitter.com/WXeuKaBYkW
— Dr. Mohamed Ali (@Moxamedalu) January 14, 2020