މިއަދަކީ އޮކްޓޯބަރު 2019 އިން ފެށިގެން ކުރިއަށްދާ ރެޑްވޭވް އަހަރީ ބާޒާރުގެ އެންމެ ފަހުދުވަހެވެ. މިޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެއެވެ. މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވް ގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކަނުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާގޮތަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ. ހާއްސަކޮށް ރެޑްވޭވުން މިޕްރޮމޯޝަންގެ ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ، ޝާރޕް އޭސީ އަދި އައިސްއަލަމާރި އަދި މިނޫންވެސް ބޮޑެތި ބްރޭންތަކަށް ކަސްޓަމަރުންގެ ސަމާލުކަންވަނީ ލިބިފައެވެ.
ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ.
އެގޮތުން ގުރުއަތުން ހޮވޭ 5 ފަރާތަކަށް 10،000ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމް ރެޑްވޭވަށް އިންޕޯޓުކުރަމުންދާ ފަރުނީޗަރ އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބިގެންދާނެއެވެ.
މީގެ އިތުރުން ކޮންމެ ހަފްތާއަކު ރެޑްވޭވްގެ ހުރިހާ ފިހާރައަކުން 200ރ އަށް ވުރެ މަތިން ވިޔަފާރިކުރެއްވެވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލެވި، 3 ފަރާތެއްވަނީ ހޮވާފައެވެ. އެގޮތުން އެއްވަނަ އަށް 5000ރ، 2ވަނަ އަށް 3000ރ އަދި ތިންވަނައަށް 2000ރގެ އިނާމްދަނީ ކޮންމެ ހަފްތާއަކު ހަވާލުކުރެވެމުންނެވެ. އަދި މިއާއިއެކު، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި އެއްމަހަށްވުރެ ގިނަދުވަސްވެފައިވާ "ޓޮޕް ފޭން"އިންނަށް ވަރަށް ޚާއްސަ އިނާމްތަކެއް ލިބިގެންދާ ޕްރޮމޯޝަނެއްވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ ހަފްތާއަކު ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލެވި، 1 ވަނަ އަށް ހޮވުނުފަރާތްތައް

ކޮންމެ ހަފްތާއަކު ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލެވި، 2 ވަނަ އަށް ހޮވުނުފަރާތްތައް

ކޮންމެ ހަފްތާއަކު ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލެވި، 3 ވަނަ އަށް ހޮވުނުފަރާތްތައް

މިޕްރޮމޯޝަންގެ ގުރުއަތު ހޮވާ އިނާމްތައް ޖެނުއަރީ މަހު ހަވާލުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
އަދި ޕްރޮމޯޝަންގެ އިނާމްތަކާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް އިން ލިބިވަޑައިގަންނަވާނެއެވެ. ރެޑްވޭވްގެ އިލްތިމާސަކީ އެންމެ ފަހުފުރުސަތުގެ ބޭނުން ހިއްޕަވާ، ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ޕްރޮމޯޝަންގައި ބައިވެރިވެ ނަސީބު އަގުވަޒަން ކުރެއްވުމެވެ.