އާރުސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުމާލޭގައި މިސްކިތެއް އަޅަން ބިންގާއަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އާރުސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުމާލޭގައި މިސްކިތެއް އަޅަން ބިންގާއަޅައިފި

އާރުސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުމާލޭގައި މިސްކިތެއް އަޅަން ބިންގާއަޅައިފިއެވެ.

ހުޅުމާލޭގައި މިއަދު ބިންގާއެޅި މިސްކިތަކީ 1300 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭވަރުގެ މިސްކިތެއް ކަމުގައިވުމުން މި މިސްކިތް ވެގެންދާނީ ހުޅުމާލޭގައި މިހައިތަނަށް ހުޅުވިގެންދާނެ އެންމެ ބޮޑު މިސްކިތަށެވެ.

މިކަމަށްޓަކައި ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އަދި ޢާއިލާގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ މިސްކިތުގެ ބޮޑުބައަކަށް އަވިން އުފައްދާ ހަކަތަ ބޭނުން ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މިސްކިތް ބަލަހައްޓަން ސަރުކާރަށް ވަރަށް ބޮޑު ލުޔަކަށްވެގެންދާނެ ކަމަށެވެ. އަދި މިސްކިތް ވެގެންދާނީ ނަމާދުކުރަން ވަރަށް ފަސޭހަ މިސްކިތަކަށް ކަމަށާއި އަމާޒަކީ 2 އަހަރު ދުވަސްތެރޭގައި މަސައްކަތް ނިންމައި މިސްކިތް ހުޅުވުން ކަމަށެވެ.

 

ނާޒިމް ވިދާޅުވީ ކުންފުނިން މިސްކިތެއް އެޅުމަކީ ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ ވަރަސް ޒަމާންވީ އުންމީދެއް ކަމަށާއި މާތް ﷲގެ ވާގިފުޅާއިއެކު އެކަން ކުރެއްވެވޭނެ މަގު ފަހިވުމުން އެކަމަށް ކުންފުނިން އަވަސްވެގަތީ ކަމަށެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ އަސްލާމް އާއި އެޗްޑީސީ ޢާއި އިސްލާމިކް މިނިސްޓްރީ އާއި އެހެންވެސް ބައެއް އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން