މިނިސްޓަރ އަސްލަމްގެ ތައްރީފް އާރުސީސީ ޢާއިލާއަށް!: މިއަދު ތިއަ ކުރީ މަރުވުމުން ފައިދާކުރާނެ މަދު ޢަމަލުތަކުގެ ތެރެއިން ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މިނިސްޓަރ އަސްލަމްގެ ތައްރީފް އާރުސީސީ ޢާއިލާއަށް!: މިއަދު ތިއަ ކުރީ މަރުވުމުން ފައިދާކުރާނެ މަދު ޢަމަލުތަކުގެ ތެރެއިން ޢަމަލެއް!

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީން ހުޅުމާލޭގައި ވަރަށް ފުރިހަމަ މިސްކިތެއް އަޅަން ނިންމައި ބިންގާ އެޅުމުން "އާރުސީސީ ޢާއިލާއިން މިއަދު ތިއަ ކުރީ މަރުވުމުން ފައިދާކުރާނެ މަދު ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކަމަށް ވިދާޅުވެ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް އެ އާއިލާއަށް ތައްރީފް ކުރައްވައިފިއެވެ. 

"މިއަދު ތިއަ އަޅުއްވާ ބިނާ ފަދަ ބިނާއެއް ސުވަރުގޭގައި މާތް ﷲ ތިއަ އާއިލާއަށްޓަކައި ބިނާކޮށްދެއްވަވާނެ. އެކަމަށް އުންމީދުކުރުން އޮތީ." 

އަސްލަމް ވިދާޅުވީ މިސްކިތް އެޅޭ ސަރަހައްދަކީ 20000 މީހުންގެ އާބާދީއަކަށް އަމާޒުކުރެވިފައިވާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނާ ކަމަށާއި އެހެންކަމުން މި މިސްކިތަކީ މިފަދަ އާބާދީއަކަށް ވަރަށް އެކަށީގެންވާ މިސްކިތެއް ކަމަށެވެ. 

މީގެ އިތުރުން އަސްލަމް ވަނީ މިސްކިތުގެ ޑިޒައިނާއި އެހެން ކަންކަމުގެ ފުރިހަމަކަން ފާހަގަކުރައްވައި ތަޢްރީފް ކުރައްވައިފައެވެ.

2 އަހަރު ތެރޭ އަޅަން އުންމީދުކުރާ މި މިސްކިތް ވެގެންދާނީ އޭސީވެސް ކުރެވޭ މިސްކިތަކަށެވެ.

މިއަދު އޮންލައިން