ކައުންސިލް އިންތިޚާބު ކައިރިވަނީ - ކާނު ސާފުކުރުން މެކްހަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކައުންސިލް އިންތިޚާބު ކައިރިވަނީ - ކާނު ސާފުކުރުން މެކްހަށް!

މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އަށް މިހާރު އޮތީ 15 ވަރަކަށް ދުވަހެކެވެ. މިހާރު އެންމެ ގިނައިން ފެންނަނީ މާލޭގެ ކާނުތައް ސާފުކުރާތަނެވެ. 

އިއްޔެވެސް ޚަބަރު ބަލައިލިއިރު ކާނު ސާފުކުރުން މެކްހަށް ޖަހަންވެގެން ހައުސިންގ މިނިސްޓްރީން ވެސް އުޅެނީ ފޯސްއެއް ނެރެގެންނެވެ. މާފަންނު އަޑު ކައިރި ސަރަހައްދު ސާފުކުރީ އެ ފޯސް އިންނެވެ. ބަނަފްސާ މަގުގެ ކާނުތައް ސާފުކުރީ ސިޓީ ކައުންސިލުންނެވެ. 

"މިފަދަ އިންތިޚާބުތަކާއި ގުޅިގެން ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް އެހީތެރިވެދިނުމަކީވެސް ހަމަ އިދާރާތަކުގެ ގުޅުން ބަދަހިވާނެ ކަމެއް. އެއީ އަދި މުޅިން ކެންޕޭނުގައި ބައިވެރިވުމެއް ވެސް ނޫން." 

މާލޭގައި ދިރިއުޅޭ މީހުންނަށް އެންމެ ފައިދާކުރާނީ މިފަދަ އިންތިޚާބުތައް ވީހައި ގިނައިން ބޭއްވި ވަރަކަށެވެ. ކާނުތައް ސާފުކުރުމާއި އެނޫންވެސް ގިނަ ލުއި ފަސޭހަތަކެއް ރައްޔިތުންނަށް ލިބެމުންދާނެތީއެވެ. 

ހައުސިންގ މިނިސްޓްރީ އާއި ސިޓީ ކައުންސިލް އާއި ދެ އިދާރާއިން ކުރި ނަމަވެސް މިހާރު މަސައްކަތް އެކުރާ ފިނިހަކު ސްޕީޑްގައި ކުރާނަމަ މައްސަލައަށް އެކަށީގެންވާ ޙައްލެއް މިއިންޒަމާނެއްގައި ވެސް ހޯދޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިއަދު އޮންލައިން