ސީޕްލޭން ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭނަމަ ފިޔަވަޅު އަޅާނެ: ޔައުގޫބް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިމެނޭނަމަ ފިޔަވަޅު އަޅާނެ: ޔައުގޫބް

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އާއި ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިމެނޭނަމަ މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބަލާ
 ފިޔަވަޅު އަޅާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބު ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ)އަށް ހަވާލުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އެކުލެވިގެންވާ ނަމަ އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އަދި މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާގުޅިގެން އެމްއޭސީއެލް އިން ބުނެފައިވަނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. 

 

މިއަދު އޮންލައިން