ހަމަ ހަވަރަށް ދޭންވީ!: މަޚްލޫފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހަމަ ހަވަރަށް ދޭންވީ!: މަޚްލޫފް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ހަމަ ހަވަރަށް ދޭންވީ ކަމަށް ވިދާޅުވެ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ޓްއީޓެއް ކުރައްވައިފިއެވެ. 

އަހްމަދު މަޚްލޫފް މިމޭރުމުން ވިދާޅުވެފައިވަނީ 2 އަހަރުގެ ކުޑަ ކުއްޖަކު ވެސް އޭނާގެ ބެލެނިވެރިން ވެގެން ޜޭޕްކުރި މައްސަލައެއް ފެންމަތިވުމުން އެފަދަ ކަންކަން ކުރުން ހުއްޓުވުމަށްޓަކައި ދެވެން ހުރި އެންމެ ހަރުކަށި އަދަބު ދިނުމަށް ރައްޔިތުން ގޮވާލަމުން ގެންދާ ވަގުތެއްގައެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މަރުގެ އަދބު ދިނުމަށް ސަރުކާރުން ފަސް ޖެހެނީ ކީއްވެ ކަމާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

2 އަހަރުގެ ކުއްޖާގެ ބައްޕަ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓް ކައިއިރިއަށް މީހުން އެއްވުމުން އެސްއޯ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ދާދި ދެންމެ ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު އޮންލައިން